މަންމައަށް އަނިޔާ ކުރުމަށްފަހު މަރުގެ އިންޒާރުދީ ފޯނު ފޭރިގަނެގެން ދިޔަ ދަރިއަކު މިއަދު ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު އެޗް13ގެ އެޕާޓްމެންޓެއްގައި ހިނގި މިހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. އެހަޑަ، މުހައްމަދު އިސްމާއިލް (28 އ) އެވެ.
ފުލުހުން ބުނީ އެ އެޕާޓްމަންޓް ފުލުހުން ދިޔައީ އަންހެނަކު ރޯއަޑު އިވޭ ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ފުލުހުން އެތަނަށް ގޮސް އެ އެޕާޓްމަންޓުގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވައިދިނީވެސް އެ އަންހެން މީހާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އުމުރުން 57 އަހަރުގެ މި އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންނެވެ.