ފިޓްނަސް ދާއިރާއިން ކިޔަވަން ބޭނުންވާ މީހުންނަށް ހާއްސަކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ އަދި އިންޓަނޭޝަނަލް ސެޓްފިކެޓް ލިބޭ ޖިމް އިންސްޓްރަކްޝަން ކޯހެއް ފަށަށް އިވޯވް އެކަޑެމީ އިން ތައްޔާރުވެއްޖެ އެވެ.
އީވޯވް އެކަޑަމީގައި ހިންގާ ސެޓްފިކެޓް 3 އިން ޖިމް އިންސްޓްރަކްޓިން ކޯހުން ފިޓްނަސްއަށް ޝައުޤުވެރިވާ މީހުން ޖިމްއަކަށް ވަޒީފާއަށް ވަންނަން ނުވަތަ އަމިއްލައަށް ޕާސަނަލް ޓްރެއިނިން ފަށަން ބޭނުންވާ އަސާސީ ހުނަރާއި ތަޖުރިބާ އަދި ސެޓްފިކެޓް ލިބޭނެ އެވެ.
މި ކޯހުގެ ގްރެޖުއޭޓުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ބަލައިގަންނަ ދެ ސެޓްފިކެޓް ލިބުމަކީ ދާއިރާގެ ވަޒީފާއަކަށް އެދޭއިރު ވަރަށް މުހިންމު ކަމެކެވެ.
ޔޫކޭގެ ޓްރެއިނިން ފިޓްނަސް އިންޓަނޭޝަނަލް ސެޓްފިކެޓް އެޕްރޫވްކުރާ ބޭރުގެ ބޮޑީތައް
- ރެޖިސްޓާ އޮފް އެކްސަސައިޒް ޕްރޮފެޝަނަލްސް (ރެޕްސް)
- ޗާޓަޑް އިންސްޓިޓިއުޓް ފޯ ދަ މެނޭޖްމަންޓް އޮފް ސްޕޯޓް އެންޑް ފިޒިކަލް އެކްޓިވިޓީ (ސިމްޕްސާ)
- އެމެރިކަން ކޮލެޖް އޮފް ސްޕޯޓްސް މެޑިސިން (އޭސީއެސްއެމް)
- އިންޓަނޭސަނަލް ސްޕޯޓްސް ސައިންސް އެސޯސިއޭސަން (އައިއެސްއެސްއޭ)
ޖިމް އިންސްޓްރަކްޓަރުންނަކީ އަބަދުވެސް ޑިމާންޑް އޮންނަ ދާއިރާއެއް ކަމަށްވާއިރު މި ކޯސް ފުރިހަމަ ކުރުމުން އަމިއްލަ ތާވަލަކަށް މަސައްކަތްކޮށް، ކަސްޓަމަރުންނަށް އެމީހުންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދިނުމާއެކު އާމްދަނީއެއް ހޯދޭނެ އެވެ.
މި ކޯހާއެކު ކަސްޓަމާ އެކްސްޕީރިއަންސް ލިބޭއިރު ޖިމް މެއިންޓެނަންސް އެނގޭނެ އެވެ. މީގެ އިތުރުން އެނަޓޮމީ، ފިޒިއޮލޮޖީ އަދި އިތުރު ކަންކަން ދަސްވެ ކޮންމެ ޖިމް މާހައުލަކަށް ބޭނުންވާ ފުރިހަމަ ހުނަރުތައް ދަސްވާނެ އެވެ.
ޖުމްލަ ހަ މަސް ދުވަހުގެ މި ކޯހަކީ ތިއަރީ އަދި ޕްރެކްޓިކަލްއާއެކު ފޭސް-ޓު-ފޭސްކޮށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯހުގައި ކިޔަވައިދޭނީ ދާއިރާގައި ތަޖުރިބާކާރު ލެކްޗަރާއިންނެވެ. ކޯހުގެ ޕްރެކްޓިކަލް ކުރިއަށްދާނީ ޖާގަ ތަނަވަސް އަދި ވަސީލަތްތައް ހުރި އިވޯވް ޖިމްގެ އިތުރުން އެލެވޭޓް ޖިމްގަ އެވެ.
މި ކޯހުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކޯހުގެ އޮރިއެންޓޭޝަން ޑިސެމްބަރު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޯސް ފަށާނީ ޖެނުއަރީ ހަތަރު ވަނަ ދުވަހު އެވެ.
އަސާސީ ތައުލީމު ނުވަތަ ގްރޭޑް ހައެއް ނިންމާފައިވާ މީހުންނަށް މި ކޯހުގައި ބައިވެރިވެވޭނެ އެވެ. ކޯހުގެ ކިޔެވުން އޮންނާނީ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހަވީރު 6:00 އިން ރޭގަނޑު 8:00 އަށެވެ.
މި ކޯހުގެ ފީ މަހުން މަހަށް ބަހާލައިގެން ދައްކާލުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.
އިވޯވް އެކަޑެމީގެ ވެބްސައިޓް މެދުވެރިކޮށް މި ކޯހަށް މިހާރު އެޕްލައިކުރެވޭނެ އެވެ. ކޯހުގެ އިތުރު މައުލޫމާތު އިވޯވް އެކަޑެމީގެ ވެބްސައިޓް އަދި 9466633 އިން ލިބޭނެ އެވެ.