ބަޖެޓް 2025

ބަޖެޓް 2025: އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން އަންނަ އަހަރު 4.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު ކަނޑައެޅުމުގައި އިސްކަންދީފައިވަނީ އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީ ލިބޭ ސިޔާސަތުތަކަށެވެ.

އެ ގޮތުން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓްތައް މަތިކުރުމާއި ގްރީން ޓެކުހުގެ ރޭޓްތައް މަތިކުރުން ހިމެނެ އެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީ ރޭޓް މަތިކޮށް ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ރޭޓް މަތިކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެލިން ޑްރެޖިން ފީ އެއް ނެގުމަށް ނިންމާފައިވާއިރު ފްރީކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނަގަން ނިންމާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345