ބަޖެޓް 2025

ބަޖެޓު ހަމައަކަށް އަޅުވަން ހަ ބިލިއަން ރުފިޔާގެ ލޯނު ނަގަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލިސް
0%
0%
100%

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިނޭންސްގެ ތެރެއިން 6.6 ބިލިއަން ރުފިޔާ ބޭރުގެ ކޮމާޝަނަލް ބޭންކްތަކުން ހޯދަން ބަޖެޓުގައި ހިމަނައިފި އެވެ.

ބޭރުގެ ފަރާތްތަކުން ބަޖެޓު ސަޕޯޓަށް އަންނަ އަހަރު 6.6 ބިލިއަން ރުފިޔާ ހޯދާއިރު މީގެ އިތުރުން ލޯނުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ބަޖެޓު ތަފުސީލުގައިވާ ގޮތުން ބޭރުގެ ލޯނު އަނބުރާ ދެއްކުމަށް އަންނަ އަހަރު 2.6 ބިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

ރާއްޖޭގެ ފަރާތްތަކުން ބަޖެޓު ފައިނޭންސްއަށް ޑޮމެސްޓިކް ސެކިއުރިޓީޒް އަދި ލޯނުގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ޓްރާންސްފާ ކުރަން ދެ ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ދޫކޮށްފައިވާ ލޯނުތަކުން 135 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުން އެތެރޭގެ ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345