ބޭރު ކުޅިވަރު

އާސެނަލް ކަޓުވާލައި ބާސެލޯނާ ކުއާޓާ ފައިނަލަށް

އާސެނަލް 3-1އިން ބަލިކޮށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާ މޮޅުވިއިރު އާސެނަލްގެ ދަނޑުގައި މީގެ ދެ ހަފުތާ ކުރިން ކުޅުނު މެޗު ބާސެލޯނާ ކާމިޔާބުކުރީ 2-0އިންނެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނޭމާ އާއި ލަޔޮނަލް މެސީ އަދި ލުއިސް ސުއަރޭޒް އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އެލްނެނީ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ކުޅެން ޖެހޭ ޓީމެއް ކަށަވަރުވާނީ މާދަމާ ގަދަ އަށް ޓީމުގެ ގުރު ނެގުމުންނެވެ.