އެންޑީއޭ

އެންޑީއޭ އިން ސާމްޕަލްތަކެއް ނުހެދި ނަތީޖާ ލަސްވަނީ

ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ބަޔަކު ލައްވާ ހަދަމުންދާ ސާމްޕަލްތަކެއް ނުހެދި ނަތީޖާ ލިބުން ލަސްވެ މައްސަލަތަކެއް ދިމާވެއްޖެ އެވެ.

އެންޑީއޭގެ އޮފިޝަލަކު ވަނީ ކުޑަކަމުދާތަކެތީގެ ސާމްޕަލްތައް ޓެސްޓްކުރަން އެ އިދާރާ އިން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު އެއްބަސްވުމާ އެއްގޮތަށް ޓެސްޓްތައް ހަދަމުން ނުދާތީ ނަތީޖާތައް ލިބުން ލަސްވަމުންދާ ކަމަށް ޔަގީންކޮށްދެއްވާފަ އެވެ.

އެކަމަކު ކޮންޓްރެކްޓަރުގެ އެއްވެސް މައުލޫމާތެއް އަދި ޖެހިގެން އުޅޭ މައްސަލައިގެ އެއްވެސް ތަފްސީލެއް އޭނާ ހިއްސާކުރައްވާފަައެއް ނުވެ އެވެ.

ނަތީޖާ ނުލިބި ލަސްވެފައިވަނީ ކިހާ އަދަދެއްގެ ސާމްޕަލް ކަމެއް އެނގޭ ގޮތެއްވެސް ނުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ލަސްވުމަކީ ތަހުގީގުތަކަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށްވާތީ ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަމުންދާ ކަމަށެވެ.