އަންހެނުން

އަންހެނަކު ލޯބިވެރިޔާއާ އެކު ހުންނަ ނަމަ ތަދުތައް ބޮޑުވެދާނެ: ދިރާސާ

ތަދު އިހުސާސްކުރެވޭ ފަރުވާއެއް ހޯދަން އަންހެނަކު ހޮސްޕިޓަލަކަށްދާ ނަމަ އެކުގައި ލޯބިވެރިޔާ ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސޯޝަލް ކޮންޖިޓިވް އެންޑް އަފެކްޓިވް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ ރައްޓެހިވެގެން އުޅޭ 39 ޖޯޑެއް ބައިވެރިކޮށްގެން ކުރި ދިރާސާ އިން ދެއްކީ، ތަދު އިހުސާސްކުރެވޭ ފަރުވާއެއް ހޯދުމަށް އަންނަ އިރު ބައިވެރިޔާ ގެނައުމުން އަންހެން މީހާ އަށް ލުޔެއް ލިބުމުގެ ބަދަލުގައި މާބޮޑަށް ތަދު އިހްސާސް ކުރެވިދާނެ ހާލަތްތަކެއް އަންނަ ކަމަށެވެ.

މި ދިރާސާ ކުރުމަށް، 39 އަންހެނަކަށް، ވަރަށް ބޮޑަށް ތަދު އިހުސާސްކުރެވޭ ލޭޒާ ޕަލްސްތަކެއް ފޮނުވި އެވެ. އެގޮތުން ކައިރީގައި ލޯބިވެރިޔާ ހުރެގެންނާއި ލޯބިވެރިޔާއާ ނެތި އެ ޕަލްސްތައް ފޮނުވި އެވެ. އަދި އެ ދެ ހާލަތުގައި ތަދު އިިހްސާސްކުރެވުނު މިންވަރު ރޭޓް ކުރުމަށް ބުންޏެވެ. އަދި ޕަލްސް ދިން އިރު ސިކުނޑީގެ ހަރަކާތްތައް އީއީޖީ މެދުވެރިކޮށް މޮނިޓަކޮށްފައިވެ އެވެ.

މީގެ ތެރެއިން ބޮޑަށް ތަދު އިހްސާސްވެފައި ވަނީ ލޯބިވެރިޔާއާ އޮންނަ ގާތްކަން އެއްފަރާތް ކުރުމަށް ފަހު، އަމިއްލަ ނަފްސަށް ބޮޑަށް އިތުބާރުކުރި މީހުންނަށެވެ. މިގޮތުން ހިތްހަމަނުޖެހުންތައް ގިނަ ލޯބީގެ ގުޅުންތަކުގައި އުޅޭ އަންހެނުން ވަނީ ބައިވެރިޔާ ކައިރީގައި ހުރި އިރު ތަދު ބޮޑުވި ކަމަށް ބުނެފަ އެވެ. އަދި މިކަން ސިކުނޑީގެ ހަރަކާތްތަކުން ވެސް ފާޅުވި ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

މީގެ އަންހެނުން އެ މީހުންގެ ބައިވެރިން ތިިބެގެން ލޭޒާ ޕަލްސްތައް ފޮނުވި އިރު، ތަދުވުމުންނާއި ބިރުވެރިކަން ކުރިމަތިވުމުން ސިކުނޑީގައި އިތުރުވާ ހަރަކާތްތައް މައްޗަށް ދިޔަ ކަމަށް އީއީޖީ އިން ދައްކަ އެވެ.