ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު އެ މީހާ ފެނުނީ އެ ސަރަހައްދުގެ ތޮށިގަނޑާ ދިމާ ބޭރުން މޫދުގައި އޮއްވާ ކަމަށެވެ.
އެ މީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން މިވަގުތުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
މިމައްސަލައިގެ އިތުރު މައުލޫމާތު ފުލުހުންވެސް ހޯދަމުންދާތީ މިކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
އަނިޔާވެފައި އޮއްވާ ފެނުނު މީހާ މޫދުން ނަގާ މަންޒަރުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ މޫދުން ނަގައިގެންދާއިރު އެއްވެސް ހަރަކާތެއް ނެތެވެ.