ހަބަރު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ޒަކައްރިއްޔާ މަންސޫރު

Jan 29, 2015

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ޑިފެންސް މިނިސްޓަރު މޫސާ ޢަލީ ޖަލީލް، އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.

އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު މޫސާ ޢަލީ ޖަލީލެވެ.

މި މަޤާމަކީ ޒަކަރިއްޔާ މަންޞޫރާއި ހަވާލުކުރެވިފައިވާ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓަ ޖެނެރަލް އޮފް ކައުންޓަ ޓެރަރިޒަމްގެ މަޤާމުގެ އިތުރުން ހަވާލުކުރި މަގާމެކެވެ.