ޒުވާނުން

ފަރުމާ ފެއާގައި ބައިވެރިވާން ހުޅުވާލައިފި

ޒުވާން ފަންނުވެރިން އުފައްދައި އެމީހުންގެ އުފެއްދުންތައް އިޝްތިހާރުކުރަން ޔޫތު މިނިސްޓްރީން ބާއްވާ "ފަރުމާ ފެއާ" ގައި ބައިވެރިވުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ފެއާ ބާއްވަނީ މޭ 24 އިން 28 އަށެވެ. ފެއާގައި ބައިވެރިވުމުގެ ފުރުސަތު މޭ ދެއަކާ ހަމަޔަށް ހުޅުވާލާފައި އޮންނާނެ އެވެ. ފޯމް ދޫކުރާނީ ޔޫތު މިނިސްޓްރީއިން ނެވެ.

ޔޫތު މިނިސްޓްރީން ބުނީ ފަރުމާ ފެއާއަކީ ފަންނުވެރި ޒުވާނުންނަށް އެމީހުންގެ އުފެއްދުންތަކަށް މާކެޓެއް ހޯދަން ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ. އަދި އެފަދަ ޒުވާނުންނަށް ފަސޭހައިން އާމްދަނީ ހޯދުމުގެ ދޮރުތައް ހުޅުވާލަދޭނެ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.

ފެއާގެ ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށްވާތީ، ސްޓޯލްތައް ދޫކުރުމުގައި އިސްކަންދޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށެވެ.