އައްޑޫ ސިޓީގައި ފުލުހުން ދިރި އުޅެން ބޭނުން ކުރާ ގެ ތަކެއްގެ ބިއްލޫރި ގަނޑު ތަޅައިލާ ގެއްލުން ދީފި އެވެ.
ފުލުހުން މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ފުލުހުން ދިރިއުޅޭ ހަތަރު ގެއެއްގެ ބިއްލޫރިތައް ތަޅައިލާ ގެއްލުން ދިން މައްސަލައެއް ތަހުގީގު ކުރަން ފަށައިފަވާ ކަމަށާއި މި ގެއްލުންތައް ދީފައިވަނީ މަރަދޫ އާއި މަރަދޫ ފޭދޫގައި ދިރިއުޅޭ ފުލުހުންގެ ގެތަކެއް ކަމަށެވެ. ނަމަވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫގައި މިހާދިސާ ހިނގާފައިވާ އިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގަައި އެސްއޯ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި، ގްރޫޕްތަކަށް ނިސްބަތްވާ އެންމެން ދޫކޮށްލުމާ އެކު އޭގެ ތެރެއިން ބަޔަކު ގޮސް އެ އޮޕަރޭޝަންގައި އުޅުނު، ދެ ފުލުހަކާ ދިމާކޮށްލާ މަރުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އަދި އެ މީހުން ފުލުސް މީހެއް ދިރިއުޅޭ ގެޔަށް ވަދެގަންނަންބެސް މަސައްކަތްކޮށްފައި ކަމަށް މައުލޫމާތު ލިބި އެވެ.
އައްޑޫ ސިޓީގައި ރޭ ހިނގި މިމައްސަލަ ފުލުހުން މުހާރު ދަނީ ހަތުގީގު ކުރަމުންނެވެ.