އުރީދޫ

އުރީދޫ ކަލަންޑަރު 2025: ފުލޯކު ވާހަކަތަކުގެ ކެރެކްޓާތަކާ ޗެޓްކޮށްލާ

އުރީދޫ ކަލަންޑަރު އިފްތިތާހު ކުރަނީ -- ފޮޓޯ: އުރީދޫ
0%
0%
0%

އުރީދޫ މޯލްޑިވްސް އިން 2025 ގެ ކަލަންޑަރު އިފްތިތާހުކޮށްފި އެވެ.

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓާތައް ޓެކްނޮލޮޖީގެ ޒަރީއާއިން އާއްމުންނާއި ހަމައަށް ގެނެސްދޭ މި ކަލަންޑަރުން އިފްތިތާހުކޮށް ދެއްވީ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ހަފްލާއެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެވެ.

މިއީ ރާއްޖޭގެ ފުރަތަމަ އެންއެފްސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރުކަތްދަ" ފަދަ 12 ކެރެކްޓާ މި ކަލަންޑަރުގައި ހިމެނެ އެވެ.

މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ. މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށާއި މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އުރީދޫ އިން ބުނީ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަ ދައްކާލެވޭނެ ކަމަށާއި ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2025 ރަމްޒުކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ.

އުރީދޫ އޭއައި ކަލަންޑަރާއެކު ޗެޓް ކޮށްލެވޭނެ ބައެއް ކެރެކްޓާތައް -- ފޮޓޯ: އުރީދޫ

"ފޯކްލޯރުގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓައެކްޓިވިޓީއާއި އެއްކޮށްލައިގެން، އަޅުގަނޑުމެންގެ މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެ ކަން މިއަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރު ވެގެންދާނެ،" ނިޔާޒް ވިދާޅުވި އެވެ.

މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.

އުރީދޫ އިން ވަނީ އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި ބައިވެރިވެ ކުރީގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910