އުތުރު ކޮރިޔާއިން ކުރު ރާސްތާގެ ފަސް މިސައިލެއް ފޮނުވާލައި ޓެސްޓްކޮށްފައިވާ ކަމަށް ދެކުނު ކޮރިޔާގެ ޖޮއިިންޓް ޗީފް އޮފް ސްޓާފްސް އިން މިއަދު ބުނެފި އެވެ. މި މިސައިލްތައް ފޮނުވާލާފައިވަނީ ދެކުނުގެ އަވަށަކަށް ކަމަށް ވެސް އޮފިޝަލުން ވެސް ވިދާޅުވެ އެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވަނީ އުތުރު ކޮރިޔާއިން ކުރު ރާސްތާގެ މިސައިލްތައް ފޮނުވާފައިވަނީ ދަން ގަޑިއެއްގައި ކަމަށެވެ. މީގެ ކުރިން ވެސް އުތުރު ކޮރެއާއން ހަތަރު މިސައިލެއް ފޮނުވާލި ކަން ދެކުނު ކޮރިޔާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ދެކުނު ކޮރިޔާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްސް -- ޖޭ ސީ އެސް -- ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ކޮރެއަން ޕެނިންސިއުލާއިން ފޮނުވާލި މި މިސައިލްތައް 200 ކިލޯމީޓަރަށް ދިޔަ ކަމަށެވެ.
އުތުރު ކޮރިޔާގެ މިލިޓަރީ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ޖޭސީއެސްގެ ސްޓޭޓްމަންޓްގައި ބުނެ އެވެ. އަދި ދެކުނު ކޮރިޔާއާއި ކޯލިޝަން ކުއްލި ކުރިމަތުލުމަކަށް ދާން ޖެހިއްޖެ ހާލަތެއް ދިމާވެއްޖެނަމަ ތައްޔާރަށް އޮތް ކަމަށް ވެސް އެ ބަޔާން ބުނެ އެވެ.
އުތުރު ކޮރިޔާއިން މިފަދަ 15 މިސައިލްތަކެއް މިދިޔަ މަހުއްސުރެ ޓެސްޓުކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި އެކަން ކުރަމުންދަނީ އދ. ގެ އިންޒާރު ތަކަށް ބީރު ކަންފަތެއްދީ މިލިޓަރީ ހަރަކާތްތަކާއެކު އެވެ. މިފަހަރު އުތުރު ކޮރިޔާއިން މިފަދަ ޓެސްޓު ކޮށްފައިވަނީ އެންމެ ފަހުން ޓެސްޓު ކުރި މިސައިލްތައް ފޮނުވާލިތާ ހަފްތާއެއްވެސް ނުވަނީހެވެ.