ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު ހެޔޮކޮށްފި

Mar 21, 2016
1
  • ތެޔޮ ލިޓަރަކުން 31ލ. ހެޔޮކުރި
  • ލިޓަރެއް މިހާރު ލިބޭނީ 7.71ރ. އަށް
  • ތެލުގެ އަގު ދަނީ ދަށަށް

މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އަނެއްކާވެސް ހެޔޮކޮށްފި އެވެ.

އެމްއޭސީއެލް އިން ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ވިއްކާ ތެޔޮ ލީޓަރަކުން 0.50 ޑޮލަރު ހެޔޮ ކުރުމާ ގުޅިގެން ތެޔޮ ލިޓަރެއް ވިއްކުމުން ގެންދާނީ 7.71ރ. އަށް ކަމަށެވެ. ކުރިން މަތިންދާ ބޯޓަށް އަޅާ ތެޔޮ ލިޓަރެއް އެމްއޭސީއެލްއިން ވިއްކަމުން ގެންގޮސްފައިވަނީ 7.55ރ. އަށެވެ. މި ގެނެވުނު ބަދަލާ ގުޅިގެން ތެޔޮ ލިޓަރަކުން ގާތްގަނޑަކަށް 31ލ. ވަނީ ހެޔޮވެގެން ގޮސްފަ އެވެ.

މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު ހެޔޮ ކުރިއިރު، ރާއްޖޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގުވެސް އެސްޓީއޯއިން ނިމިގެން ދިޔަ މަހު ވަނީ ހެޔޮކޮށްފަ އެވެ. މި ބަދަލާ ގުޅިގެން ޕެޓްރޯލް ލިޓަރެއް އާއްމުކޮށް ވިއްކާ އަގަކީ 9.80ރ. އެވެ. އަދި ޑީސަލް ލިޓަރެއް ވިއްކަނީ 10ރ. އަށެވެ.