އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދުވުމުގެ ފުރުސަތު ލިބުނު ދެ ކަސްޓަމަރުން މެރަތަންއަށް ދިޔުމަށްޓަކައި މިއަދު ދޯހާއަށް ފުރައިފި އެވެ.
ދޯހާގައި މާދަމާ ކުރިއަށްދާ ދޯހާ މެރެތަން އަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. އަދި އުރީދޫ ސްޓާފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދެވެ.
ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރެތަންގައި މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ.
ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލްއާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައިވާނެ އެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ދޯހާ މެރެތަންގައި ބައިވެރިވާ ކަސްޓަމަރުންނާއި ސްޓާފުންނަށް ކާމިޔާބީއަށް އެދިފަ އެވެ.