ރައްޔިތުންގެ މަޖިލިސް

އީސީގެ މެންބަރު ކަމަށް ޒާހިދު އާއި އަބްދުއްރަހްމާން އައްޔަންކުރަން ފާސްކޮށްފި

މުހައްމަދު ޒާހިދު (ކ) އަދި އަބްދުއްރަހްމާން ސޮލާހް ރަޝީދު (ވ)
0%
0%
0%

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު، ދަފްތަރު ނަންބަރު ރސ. 1548 އާއި އަބްދުއްރަހްމާން ސޮލާހް ރަޝީދު، ރޯޒް، ކ. ހުރާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އީސީގެ މެންބަރުކަމުގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާސްކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސޮލާހް ރަޝީދަށް މަޖިލީހުން ރުހުން ދިނުމާމެދު ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ.

އީސީގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސޮލާހް ރަޝީދު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މުހައްމަދު ޒާހިދު ވަނީ މީގެ ކުރިން އެޗްއާރްސީއެމްގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.

ސޮލާހް ރަޝީދު ވަނީ އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމާއި ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910