ރާއްޖެއަށް މިހާރު 22 ގައުމަކުން ސީދާ ދަތުރުތައް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޭޝިއާ އާއި ޔޫރަޕް ހިމެނޭ ގޮތަށް 22 ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުތައްކުރެ އެވެ.
މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައި ހިމެނޭ 8 ގައުމު ހިމެނެ އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ރަޝިއާ - 13،593 ފަތުރުވެރިން
- އިޓަލީ - 10،955 ފަތުރުވެރިން
- އިނގިރޭސިވިލާތް - 8،500 ފަތުރުވެރިން
- ޗައިނާ - 7،894 ފަތުރުވެރިން
- ޖަރުމަނު - 6،183 ފަތުރުވެރިން
- އިންޑިއާ - 4،550 ފަތުރުވެރިން
- އެމެރިކާ - 3،177 ފަތުރުވެރިން
- ފްރާންސް - 3،087 ފަތުރުވެރިން
- ކަޒަކިސްތާން - 2،052 ފަތުރުވެރިން
- އޮސްޓްރޭލިއާ - 1،918 ފަތުރުވެރިން
ފަތުރުވެރިކަމުގެ ގަދަ 10 ގައުމުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ސީދާ ދަތުރުތައް ނުކުރަނީ އެމެރިކާ އާއި އޮސްޓްރޭލިއާ އިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 97،044 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 7.9 ޕަސެންޓް އިތުރު އަދަދެކެވެ.