އެމްއެމްއޭ

ފުރަތަމަ މަހު 40 މިލިއަން ޑޮލަރު މާރުކުރާނެ ކަމަށް ލަފާކޮށްފި

މަރުކަޒީ ބޭންކް، އެމްއެމްއޭ -- ފޮޓޯ: އަވަސް
0%
0%
0%

ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ބައެއް ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ލާޒިމުކޮށް ފާސްކޮށްފައިވާ ގާނޫނާ ގުޅިގެން މަހަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު މާރުކުރާނެ ކަމަށް ބެލެވޭ އެމްއެމްއޭ އިން ބުނެފި އެވެ.

ބޭރު ފައިސާ އިން ލިބޭ އާމްދަނީ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހެދި ގާނޫނާ އެކު މިދިޔަ އޮކްޓޫބަރު މަހު ވަނީ އެކަމާ ގުޅޭ ގަވައިދުވެސް ހަދާފަ އެވެ.

ގާނޫނަަށް އަމަލުކުރަން ފަށާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.

ގަވައިދުގެ ދަށުން އޮކްޓޫބަރު މަހުގެ ސޭލްސްއަށް ބަލައި އެމްއެމްއޭ އިން ލަފާކޮށްފައިވަނީ އެ މަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު މާރުކުރާނެ ކަމަށެވެ. އެެހެންކަމަށްވާނަމަ އެއީ އެއީ ގާތްގަނޑަކަށް 617 މިލިއަން ރުފިޔާ އެވެ.

ގާނޫނާއި ގަވައިދު އޮތް ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކށް 500 ޑޮލަރު މާރުކުރަން ޖެހެ އެވެ. އަދި ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިޔަކު 25 ޑޮލަރު މާރުކުރަންޖެހެ އެވެ.

ރާއްޖޭގައި 175 ރިސޯޓް ހިންގަމުންދާއިރު 138 ރިސޯޓްގެ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓް އެމްއެމްއޭ އަށް ލިބިފައިވެ އެވެ. އަދި 37 ރިސޯޓްގެ އެ މައުލޫމާތު ނުލިބި އޮތް ކަމަށްވެސް ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345