ހަބަރު

ގާ ކުނި ތިލަފުއްޓަށް ގެންދަން ޖެހޭނީ އިމާރާތް ތަޅާ ފަރާތް: މިނިސްޓްރީ

Jan 29, 2015

މާލޭގައި އުފެދޭ ގާ ކުނި ނައްތާލަން އެފަދަ ކުނި ތިލަފުއްޓަށް ގެންދަން ޖެހޭނީ އިމާރާތްތައް ތަޅަން ހަވާލުވާ ފަރާތްތުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިއަދު ބުނީ މާލޭގެ އެކި އިމާރާތްތައް ތަޅާއިރު އުފެދޭ ގާ ކުންޏަކީ އެ މަސައްކަތް ހަވާލުވާ ފަރާތުން ތިލފުއްޓަށް ގެންދަން ޖެހޭ ކުނި ކަމަށައި އެފަދަ ކުނި މާލޭގެ މަގުތަކާއި ޕޭމަންޓަށައި މައިދާނަކަށް އަޅައިގެން ނުވާނެ ކަމަށެވެ.

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތައް އެކަމަށް ސަމާލުވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މާލޭގެ މަގުތަކާއި ޕާކްތަކާއި މައިދާންތައް ބެލެހެއްޓުން މިނިސްޓްރީއާ ހަވާލުވެފައިވާ އިރު ކުނިކަހާ ސާފު ކުރަން ގިނަ މަސައްކަތަތަކެއް ކުރަންޖެހޭ ކަމަށާއި  ކުނި މެނޭޖް ކުރުމާބެހޭ ގަވައިދަށް އެންމެން ހުރުމަތްތެރިކޮށް ހިތައި މާލޭގެ މަގުތަކާއި ޕޭމަންޓްތަކާއި ޕާކްތަކާއި މައިދާންތަކަށް ކުނި ނާޅަން އިލްތިމާސް ކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.