އަނިޔާ ލިބިފައިވާ މީހެއް އައިޖީއެމްއެޗްއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ރޭ 11:40 ހާއިރު ގެންދެވިފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއްވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
"މި މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވޭ،" ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.