މޯލްޑިވްސް ޕޮލިސް ސާވިސް

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ހަލާކުކޮށްލި މީހަކު ހައްޔަރުކޮށްފި

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ހަލާކުކޮށްލި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެކުނުގެ ރަށަކަށް ނިސްބަތްވާ، އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ބަންދު މަޖިލީހުގައި މި ފިރިހެން މީހާ ވަނީ އޭނާގެ ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ހަލާކުކޮށްލި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ އެކަން ކުރެވުނީ ބަނގުރާ ބޮއެގެން މަސްތުވެގެން ހުރެ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.