މާލޭގެ މަގެއް މަތިން ގޭސްފުޅިއެއް ވަގަށް ނަގައިގެން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، ވެށި، އަހްމަދު ޝިފާޒު އެވެ.
އުުމުރުން 36 އަހަރުގެ ޝިފާޒުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
ޝިފާޒުގެ ބަންދު އަމުރުން އެނގޭ ގޮތުގައި މީގެ ކުރިން އެކި މައްސަލަތަކުގައި އޭނާ 25 ފަހަރު ބަންދުކޮށްފައިވާއިރު އޭގެ ތެރެއިން 15 ފަހަރު ހައްޔަރަށް ބަދަލުކޮށްފައިވެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިން ތަހުގީގު ކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ޝިފާޒު ހޯދުމަށް އޭނާގެ ފޮޓޯވެސް އާންމުކޮށްފައިވާ ކަން ރެކޯޑްތަކުން ދައްކަ އެވެ.
މި ފަހަރުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ޝިފާޒް ވަނީ މާލޭގެ މަގެއްގެ ޕޭމަންޓްމަތީ ހުރި ގޭސް ފުޅިއެއް ވަގަށް ނަގައިގެން އެ ވިއްކާލަން މަސައްކަތް ކޮށްފަ އެވެ.