ކްރިމިނަލް ކޯޓް

100 އަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މިލަދޫ މީހާ އަނެއްކާވެސް ބަންދަށް

މުހައްމަދު ނައުޝާދު 42، / ސޯސަންގެ ނ. މިލަދޫ
0%
0%
0%

އެކިއެކި ކުށްތަކުގައި 100 އަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ ނ. މިލަދޫ ސޯސަންގެ މުހައްމަދު ނައުޝާދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ނައުޝާދަކީ މިދިޔަ މަހު ފަހުކޮޅު، އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކެވެ. އެ ފަހަރު ހައްޔަރު ކުރި ދެވަނަ މީހަކީ މުހައްމަދު ސަބާހު 46، / ގދ. ވާދޫ ލިލީގެ އެވެ. އޭނާވެސް ހުރީ އެހެން މައްސަލައެއްގައި އަނެއްކާވެސް ބަންދުކޮށްފަ އެވެ.

މުހައްމަދު ނައުޝާދަކީ ކުދިކުދި ކުށްތަކުގައި 100 އަށް ވުރެ ގިނަ ފަހަރު ހައްޔަރު ބަންދު ރެކޯޑް އޮތް މީހެކެވެ. މި ފަހަރު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފަ އެވެ.

ކުރިން އެހެން ފަހަރެއްގައި ނައުޝާދު ބަންދުކުރަން ނެރުނު އަމުރެއްގައި އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން މިފަދަ މީހުން އިސްލާހުވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ގާޒީ މިސްބާހު ވިދާޅުވި ގޮތުގައި ނައުޝާދަކީ ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި އެ ބާވަތުގެ އެކިއެކި ކުދިކުދި ކުށްތަކަށް އަރައިގަންނަމުންދާ މީހެކެވެ.

"އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން މިހާރު އަމަލު ކުރަމުންދާ ގޮތަށް ދައުވާކޮށްފައި އަދަބު ކަނޑައެޅި ކަމުގައިވީ ނަމަވެސް މިއީ އެފަދަ މީހުން އިސްލާހުވުމަށް ބާރު އެޅޭ ފަދަ އަދަބެއް ކަމުގައި ނުވޭ" ގާޒީ މިސްބާހު ވިދާޅުވެފައިވެ އެވެ.

މިފަދަ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އިސްލާހުކުރުމުގެ ނިޒާމެއްގެ ތެރެއަށް ވެއްދުމަށްފަހު، އިސްލާހުވެ މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ދަސްކުރުމަށްފަހު އަމިއްލަ ދިރިއުޅުމެއް އުޅެން ތައްޔާރުވުމުން ނޫނީ އަލުން މުޖުތަމައަށް ދޫނުކުރެވޭނެ މީހުން ކަމަށް ދެކެވަޑައިގަންވާ ކަމަށްވެސް ގާޒީ ވިދާޅުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345