ކްރިމިނަލް ކޯޓް

ތޫނު ހަތިޔާރާއެކު ފޭރިގެން ހައްޔަރު ކުރީ 15 އަހަރުގެ ހުކުމެއް އޮތް މީހެއް

ހ. ރެދަން ފަވާޒް ކަޅުތުއްތު
0%
0%
0%

ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި، ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހަކު، ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހަކީ، ހ. ރެދަން، ފަވާޒް ކަޅުތުއްތު އެވެ.

އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ 2012 ވަނަ އަހަރުގެ ޖޫން މަހު އެވެ. އަދި އޭނާގެ މައްޗަށް އެ މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮގަސްޓް 30، 2012 ގައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު އައި، ފުރަތަމަ ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލިކަން ޝަރީއަތަށް ސާބިތުވެ ފަވާޒު ކަޅުތުއްތު 15 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްވެސް ކުރި އެވެ. އެހެންނަމަވެސް 2013 ވަނަ އަހަރުގެ ޖޫން މަހު ހައިކޯޓުންވެސް ވަނީ ފަވާޒް ކަޅުތުއްތު ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ މާޗް 1، 2012 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ، މަޖީދީ މަގުގެ ދެކުނު ފަރާތަށް ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވުމަށްފަހު ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އެ ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ދުށް ކަމަށް އެތަނުގައި ހުރި މީހަކު ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ.

ހުކުމްގައި ބުނެފައިވަނީ އެމީހާ އެގޮތަށް ހެކިބަސް ދީފައިވާއިރު ޝަރީއަތަށް ހުށަހެޅުނު ވީޑިއޯއަކުންވެސް ފަވާޒު އެ ސައިކަލްގައި އަލިފާން ރޯކޮށްލުމަށްފަހު ދުވެފައިދާ ތަން ރަނގަޅަށް ފެންނަން ހުރި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން ގަރީނާތައް ހުށަހެޅިފައިވާ ހެކިތަކަށް ބާރުދޭ ކަމަށްވެސް ހުކުމްގައިވެ އެވެ.

ފަނަރަ އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވާފައިވާ ފަވާޒް މި ފަހަރު ހައްޔަރުކޮށްފައިވަނީ ފޭރުމާއި، ތޫނު ހަތިޔާރު ގެންގުޅުން އަދި ބިރު ދެއްކުމުގެ ތުހުމަތުގައެވެ.

މި ތުހުމަތުތަކުގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ޖެހީ އެންމެ ފަސް ދުވަހެވެ. މި ފަހަރުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ފަވާޒު ކަޅުތުއްތު މީގެ ކުރިން، 49 ފަހަރު އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 28 ފަހަރު ބަންދަށް ބަދަލުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345