ކުށްކުރުން

މަރުތޭލަކުން ހަމަލާދިން މީހާގެ ބަންދަށް 10 ދުވަސް

އަރީޝް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ މިހާރު
0%
0%
0%

އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު ފިލައިގެން މެލޭޝިއާއަށް ގޮސް ހުއްޓާ ގެނައި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ދީފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއަށް ފަހު ފިލައިގެން މެލޭޝިއާއަށް ދިޔައީ ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31،އެވެ.

އޭނާ ބުރާސްފަތި ދުވަހުގެ ހެނދުނު ހައްޔަރުކުރީ އޭނާ މެލޭޝިއާއަށް އެތެރެވުން ހުއްޓުވުމަށްފަހު، އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އަރީޝްގެ ކުށުގެ ރެކޯޑްތައް

  • މާރާމާރީގެ 15 ރެކޯޑް
  • މަސްތުވާތަކެތީގެ ހަ ރެކޯޑް
  • މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑް
  • ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑް


މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާ ޒަހަމްކޮށްލި ހުސައިން އަރީޝް، މީގެ ކުރިން 26 ފަހަރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ.

އައިޖީއެމްއެޗު ކައިރީގައި ހުރި މީހެއްގެ ބޮލުގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މަރުތޭލަކުން ޖަހާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. އެ މީހާގެ ބޮލުގައި ޖެހީ ސައިކަލްގެ ފަހަތުގައި އިން މީހާ ކަމަށްވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345