މަސްތުވާތަކެތި

ރާއްޖެއިން މަސްތުވާތަކެތި ބޭރުކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖޭން ބޭރަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރުކުރީ މުހައްމަދު އަޒްހާން އިސްމާއީލް ކިޔާ މީހެކެވެ. އޭނާއަކީ އުމުރުން 33 އަހަރުގެ މީހެކެވެ.

އަޒްހާން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އަޒްހާން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި އަޒްހާނަކީ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީގެކުރިން ހައްޔަރުކުރި މީހެކެވެ.

އައްޒާމު އެ ފަހަރު ހައްޔަރުކޮށްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައިގައި އޭނާ ހޯދަން ފުލުހުން އޭނާގެ ފޮޓޯ އާއްމުކުރުމުންނެވެ.