ބައްސާމް އަދީލް ޖަލީލް

ބައްސާމް މިއަދު އަނެއްކާވެސް ކޯޓަށް ހާޒިރުކުރަނީ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ފޮޓޯ: އަވަސް
0%
0%
0%

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން، އޭނާ އަނެއްކާވެސް މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ބައްސާމްގެ މައްސަލަ މާދަމާ ހެނދުނަށް ތާވަލުކޮށްފައިވާއިރު، އޭނާގެ ގާނޫނީ ވަކީލް ވަނީ މައްސަލަ ދޫކޮށްލައި ތަނާޒުލް ވެފަ އެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ މައްސަލަތަކުގައި ބައްސާމްގެ ވަކީލެއްގެ ގޮތުން އެންމެ ފަހުން ކޯޓަށް ދިޔައީ، މަޝްހޫރު ގާނޫނީ ވަކީލް އިބްރާހީމް ޝަމީލް އެވެ. މިއަދުގެ އަޑު އެހުން މި ބާއްވަނީ އެންމެ ފަހުން އޮތް އަޑު އެހުމުގައި ބައްސާމަށް ވަކީލަކު ހޯދުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުއެވެ. ބައްސާމްގެ ފުރަތަމަ ވަކީލުވެސް އެ މައްސަލަ ދޫކޮށްލީ އެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތުގެ ހައެއްކަ މައްސަލަ ކޯޓުގައި ކުރިއަށް އެބަދެ އެވެ. އޭގެއިތުރުން ހިޔާނާތުގެ ފައިސާއިން ހޯދާފައިވާ ކަމަށް ބެލެވޭ ބައްސާމްގެ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނަގަން ވަނީ އެދިފަ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އޭގެފަހުން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިނާޔާތްތެރިވުމުގެ އިތުރު ދައުވާ އުފުލާފައިވެ އެވެ.

ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345