ބައްސާމް އަދީލް ޖަލީލް

ދޮޅުމަސް ފަހުން ބައްސާމް އަނެއްކާވެސް ކޯޓަށް ހާޒިރުކުރަނީ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ފޮޓޯ: އަވަސް
0%
0%
100%

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ އަނެއްކާވެސް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތުގެ ހައެއްކަ މައްސަލަ ކޯޓުގައި ކުރިއަށް އެބަދެ އެވެ. މީގެއިތުރުން ހިޔާނާތުގެ ފައިސާއިން ހޯދާފައިވާ ކަމަށް ބެލެވޭ ބައްސާމްގެ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނަގަން ވަނީ އެދިފަ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އޭގެފަހުން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިނާޔާތްތެރިވުމުގެ އިތުރު ދައުވާ އުފުލާފައިވެ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން އޮތް އަޑު އެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވައި، ދައުވާ ސާފުކޮށްދީފަ އެވެ. އެ ދުވަހުގެ އަޑު އެހުމުގައި ބައްސާމު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. ދައުވާއަށް ބައްސާމް އިންކާރު ކޮށްފައިވާތީ، ޝަރީއަތް ފެށުމުގެ ކުރީގެ ހުށަހެޅުންތަކަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ދެއްވި އެވެ. މިއަދުގެ އަޑު އެހުމަކީ، އެފަދަ ހުށަހެޅުމެއް އޮތް ނަމަ ހުށަހަޅަން އޮންނަ އަޑު އެހުމެވެ.

ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށްފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

މީގެ ކުރިން ބައްސާމްގެ ދެ ވަކީލުން އެ މައްސަލައިން ތަނާޒުލްވެފައި ވާއިރު، އެންމެ ފަހުން އަޑު އެހުން އޮތް ދުވަހު އޭނާ ކޯޓަށް ވަޑައިގަތީ އެހެން ވަކީލަކާ އެކު އެވެ. އެ ވަކީލް ވަނީ ދައުވާއަށް ޖަވާބުދާރީވާން، ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އިސްލާއިމް ޝަފީއު ވިދާޅުވީ އެގޮތަށް ޝަރީއަތް ކުރިއަށް ނުދާނެ ކަމަށާއި އެ ދުވަހު ދައުވާތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

އެ ދުވަހު ބައްސާމްގެ ވަކީލް ވިދާޅުވީ ދެ ދައުވާއަށް ވެސް އިންކާރު ކުރާ ކަމަށެވެ. ދައުވާތަކަށް ބައްސާމް އިންކާރު ކުރަނީ ވަކީލް ވިދާޅުވި ގޮތުގައި ދައުވާގައި ބުނަނީ ކަން ހިނގާފައިވާ ގޮތް ނޫން ކަމަށް ވާތީ ކަމަށެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ ދިގު މުއްދަތަކަށް އޭނާ ޖަލަށްލާނެ ކަމަށް ބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345