ހަބަރު

ލިސްޓީރިއޯސިސް ބަލި ޖައްސާ އާފަލު ރާއްޖެއިން ފެނިއްޖެ

Jan 29, 2015

ލިސްޓީރިއޯސިސް ބަލި ޖައްސާ އާފަލު ރާއްޖެއިން ފެނިއްޖެ ކަމަށް ފުޑް އެންޑް ޑުރަގު އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ އިއްޔެއިން ފެށިގެން މާކެޓް ސަވައިލެންސް އެއް ހެދި އިރު އެމެރިކާއިން އެތެރެކޮށްފައިވާ އެބާވަތުގެ އާފަލު ކަމަށައި ނަމަވެސް އެއީ ކުރިން ފާހަގަ ކުރެވިފައިވާ ކުންފުނީގެ އުފެއްދުމެއް ކަމެއް އަދި ސާފުނުވާ ކަމަށެވެ.

އެ އޮތޯރިޓީގެ ބަޔާނެއްގައި ބުނެފައި ވަނީ އެ ބަލި ފެތުރޭ އާފަލު އެތެރެކޮށްފައި ވަނީ އެމެރިކާގެ ބިޑާޓް ބްރަދާސް އިންތޯ އެ އޮތޯރިޓީ އިން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ބާވަތުގެ އާފަލުތައް ފިހާރަތަކުގައި ވިއްކަން ހުރިތޯ ބެލުމާއި އަދި ތަހުލީލު ކުރަމުން އަންނަ ކަމަށެވެ.

މިބާވަތުގެ އާފަލު ރާއްޖެއިން ފެނުނު އިރު ބަންދުކޮށްފައިވާ ހޯލް ކެރެމަލް އާފަލުން ލިސްޓީރިއޯސިސް ބަލި ފެތުރުމާ ގުޅިގެން އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަނާއި ސެންޓަ ފޯ ޑީޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި ލޯކަލް އޮތޯރިޓީސްތަކުން އެކަން ދިރާސާ ކުރަމުން ނެވެ.