އިސްލާމިކް މިނިސްޓްރީ

ލައްކައަކަށް ވުރެ ގިނަ ގޭގެއަށް ކަދުރު ބަހައިފި

ކަދުރުތަކެއް
0%
0%
0%

ސައުދި އަރަބިއްޔާ އިން މިއަހަރުގެ ރަމަޟާން މަހަށް ރާއްޖެއަށް ހަދިޔާކުރި ކަދުރު، ލައްކައަކަށް ވުރެ ގިނަ ގޭބިސީއަށް ބަހައިފި އެވެ.

ސައުދި އަރަބިއްޔާ އިން މިއަހަރަށް ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދަށް ދޫކުރަން ކަނޑައެޅި އަދަދަށް ކަދުރު ދޫކުރުން މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލެއަށް 11،375 ޕެކެޓް ކަދުރު ބަހާފައިވެ އެވެ. އެއީ 46،251 ގޭބިސީއަށް ވާ ކަދުރެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ވަނީ 56،461 ގޭބިސީއަށްވާ 10،788 ކަދުރު ޕެކެޓު ދޫކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި އަތޮޅު ތެރޭގެ ކައުންސިލްތަކަށް ދޫކުރި ކަދުރާ އެކު މިހާތަނަށް 22،163 ކަދުރު ޕެކެޓް ބަހާފައިވާ ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގަައި ރަމަޟާން މަހުގެ ކުރިން ސައުދީ އިން ހަދިޔާކުރި ކަދުރު ބަހާ ނިންމާލި ފުރަތަމަ ފަހަރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910