އެފްއޭ ކަޕް

ޔުނައިޓެޑް ސަލާމަތްވީ ފަހު ވަގުތު މެގުއާ ޖެހި ގޯލުން

މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ
0%
0%
0%

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަ ޔުނައިޓެޑް 2-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

އިތުރު ވަގުތުގައި ހެރީ މެގުއާ ޖެހި، އޮފްސައިޑް ކަމަށް ބުނެވޭ ލަނޑާ އެކު ޔުނައިޓެޑް ވަނީ ކުއާޓަ ފައިނަލް ކަށަވަރުކޮށްފަ އެެވެ.

އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ލެސްޓަގެ ބޮބީ ޑީކޯޑޯވާ ރީޑް އެވެ. ނަމަވެސް ދެވަނަ ހާފުގައި ޖޯޝުއާ ޒާކްޒީ ވަނީ މެޗު އެއްވަރު ކޮށްފަ އެވެ. އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި މެގުއާ ޖެހި ލަނޑުން ޔުނައިޓެޑް ވަނީ ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފަ އެވެ.

މި މެޗުގައި މެގުއާ ޖެހި ލަނޑަކީ އޮފްސައިޑް ލަނޑެއްކަން ވީޑިއޯ ރިޕްލޭއިން ސާފުކޮށް ފެނުނު ނަމަވެސް، އެފްއޭ ކަޕްގައި ވީއޭއާރުގެ ބޭނުން ނުކުރާތީ މި ލަނޑު ވަނީ ގަބޫލުކޮށްފަ އެވެ. މިކަމާ ގުޅިގެން ލެސްޓަގެ ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ ވަނީ ހަރުކަށި އިބާރާތުން ފާޑުކިޔާފަ އެވެ.

މީގެ ފަސް އަހަރު ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑާ ގުޅުނު މެގުއާގެ މި ލަނޑުން، ޔުނައިޓެޑް ވަނީ އެފްއޭ ކަޕްގެ ދަތުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910