މޯލްޑިވްސް ޕޮލިސް ސާވިސް

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ރޯކޮށްލި މީހާގެ ބަންދަށް އިތުރު މުއްދަތެއް

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ހަލާކުކޮށްލި ދިވެހި ފިރިހެން މީހާގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެކުނުގެ ރަށަކަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން، އަނެއްކާ އިތުރު ފަސް ދުވަހަށް ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ބަންދު މަޖިލީހުގައި، ކުށްކުރިން ފިރިހެން މީހާ ވަނީ އޭނާގެ ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ހަލާކުކޮށްލި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ އެކަން ކުރެވުނީ ބަނގުރާ ބޮއެގެން މަސްތުވެގެން ހުރެ ކަމަށެވެ.

މި މައްސަލަ ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާއިރު މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހާ ވާހަކަ ދައްކަމުންދާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.