ކުށްކުރުން

ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މީހާ، އެހެން ވައްކަމެއްގައި އަނެއްކާ ހައްޔަރުކޮށްފި

ގދ. ވާދޫ އަތަމާގެ، އިހުސާން އިބްރާހީމް
0%
0%
0%

މާލޭގެ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މީހާ، ވައްކަމުގެ އެހެން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ވައްކަމުގެ ރެކޯޑް ކުރިންވެސް އޮންނަ، ގދ. ވާދޫ އަތަމާގެ، އިހްސާން އިބްރާހީމް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

މި ފަހަރުގެ ވައްކަމުގެ ތަފްސީލް އަދި އާއްމުވެފައި ނެތް ނަމަވެސް ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ގޮތުން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފަ އެވެ.

ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މައްސަލައިގައި އެހެން ދެ މީހަކާ އެކު އިހްސާން އިބްރާހީމް ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ ފަހަރު އިހުސާންގެ ބަންދަށް 30 ދުވަސް ޖެހި އެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް އޭރު ބުނެފައިވަނީ އެކަން ހިނގާފައިވަނީ އެއް ރޭ ފަތިހު ކަމަށެވެ. އެރޭ ފަތިހު 4:20 ހާއިރު މާވެޔޮ މަގުގައި ހުންނަ ފިހާރައަކަށް އިހްސާން އާއި އިތުރު ދެ މީހަކު ވަދެ ވައްކަން ކޮށްފައިވާކަން އެވަގުތު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފާހަގަކުރެވިގެން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި އެމީހުން ދެނެގަނެ، އެ މީހުން ހައްޔަރު ކުރީ އެވެ.

އޭރު ފުލުހުން ބުނީ އެމީހުން އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާއާއި ސިނގިރޭޓު ކާޓޫނު ތަކެއް ހޯދާފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345