ކިނޮޅަސް

ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިމަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީ އަށެވެ.

މި މަޝްރޫއުގެ ތެރެއިން 19,789 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

މީގެ އިތުރުން 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވެ އެވެ.

ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން 11.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.