ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދޭނެ ކަމަށް ބުނެ އެއްވެސް ޑީލެއް ނުހައްދަވާ ކަމަށް އެ އިއްތިހާދުގެ ވެރިޔާ މާކް ރުއްޓޭ ވިދާޅުވެއްޖެ އެވެ.
ނޭޓޯގެ މެމްބަރަކަށް ވުމުގެ ކުރިން ޔުކްރޭން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުރި ކަަމަށް ރުއްޓޭ ވިދާޅުވި އެވެ. އޭގެ ތެރޭގައި ދިފާއީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމާއި، ރަޝިއާއަށް ހަމަލާދޭން ނުކެރޭ ވަރުގެ ގައުމަކަށްވުން ހިމެނޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
ރުއްޓޭ ވިދާޅުވި ގޮތުން ޔުކްރޭން މެމްބަރުކަން އޮތީ މަރުހަލާތަކެއްގަ އެވެ. އެ ގޮތުން ކަޑައްތުކުރަން ޖެހޭނީ ފަހަރަކު މަރުހަލާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދެވޭ ވަރަށް އަދި ތަސައްރަފުނުފުދޭ ކަމަށްވެސް ރުއްޓޭ ވިދާޅުވި އެވެ.
ޔުކްރޭނަށް މިހާރު އެހީދޭ ގައުމުތަކުން އެހީދޭ މިންވަރަކީ ރަޝިއާގެ ކިބައިން ސަލާމަތްވެވޭ ވަރު ނޫން ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އެހީދޭ މިންވަރު އިތުރުކޮށްގެން ނޫން ގޮތަކަށް ކުރިއަށް އޮތް ދެތިން ހަތަރު އަހަރު ތެރޭގައި ވެސް ޔުކްރޭން މިންޖުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް އަސްކަރީ އެހީ އިތުރުކުރުމާއި އަސްކަރިއްޔާ ތަމްރީންކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ރުއްޓޭ ވިދާޅުވި އެވެ.