ލަ ލީގާ

ދުވަސްކޮޅަކަށްފަހު ބާސާ އަނެއްކާވެސް އެއްވަނައަށް

ބާސެލޯނާ އަދި ރޭޔޯ ވަލަކާނޯ ކުޅުނު މެޗުގެ ތެރެއިން
0%
0%
0%

ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެ ޓީމަށް ކާމިޔާބުކޮށްދިން ގޯލުން ރޭޔޯ ވަލަކާނޯއާ ދެކޮޅަށް 1-0 އިން މޮޅުވެ، ލަ ލިގާގެ ތާވަނުގެ އެއްވަނައަށް ބާސާ ޖެހިލައިފި އެވެ.

ބާސެލޯނާ އެއްވަނައަށް އަރާފައިވަނީ ގޯލުގެ ތަފާތުންނެވެ. ބާސާ އަދި ރެއާލް މެޑްރިޑް ވަނީ ޕޮއިންޓުގެ ގޮތުން 51 ޕޮއިންޓުން އެއްވަރުވެފަ އެވެ. މި ދެޓީމު އެޓްލެޓިކޯ މެޑްރިޑަށް ވުރެ އެއް ޕޮއިންޓް އިތުރެވެ.

ހޮނިހިރު ދުވަހު ރިއަލް މެޑްރިޑް، އޮސަސޫނާ އާ ދެކޮޅަށް 1-1 އިން އެއްވަރުވުމާއި، އެޓްލެޓިކޯ މެޑްރިޑް ސެލްޓާ ވިގޯއާ ދެކޮޅަށް 1-1 އިން އެއްވަރުވުމުން ބާސެލޯނާއަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ރަނގަޅަށް ވަނީ ހިފާފަ އެވެ.

ރޭ ކުޅުނު މެޗުގައި ބާސެލޯނާ ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓުގައި ޕާތޭ ސިސް، އިންގޯ މާޓިނެޒް ވައްޓާލުމުން ވީއޭއާރް ބެލުމަށްފަހު ދިން ޕެނަލްޓީ އަކުންނެވެ. ލެވަންޑޯސްކީ ގޯލްކީޕަރު ޑައިވްޖެހި ކޮޅު ނޫން އަނެއްކޮޅަށް ބޯޅަ ޖަހައި ގޯލް ކާމިޔާބު ކުރި އެވެ.

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްއަށް މިއީ އޭނާގެ ކެރިއަރުގެ 100 ވަނަ މެޗެވެ.

ރޭގެ މޮޅާއެކު ބާސެލޯނާގެ މިއަހަރުގެ ބަލިނުވާ ރެކޯޑް 12 މެޗަށް ދިގުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910