ދުނިޔެ

ބެލްޖިއަމަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

ބެލްޖިއަމްގެ ވެރި ރަށް ބްރަސެލްސްއަށް މިއަދު ދިން ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ނަގައިފި އެވެ. މިއަދު ބޮމުގެ ހަމަލާދީފައިވަނީ ބްރަސެލްސްގެ ޒަވެންޓެމް އެއަރޕޯޓާއި، ޝޫމަން އަދި މަލްބީކް މެޓްރޯ ސްޓޭޝަނަށެވެ.

މި ހަމަލާތަކުގެ ތުހުމަތުތައް އައިއެސް ޖަމާއަތަށް އެތައް ބަޔަކު ކުރަމުން ދަނިކޮށް، އައިއެސް ޖަމާއަތުން ނެރުނު ބަޔާނެއްގައި އެ ޖަމާއަތުން ވަނީ ބެލްޖިއަމްއަށް ދިން ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. ބެލްޖިއަމްއަކީ އައިއެސްއާ ދެކޮޅަށް ހަދާފައިވާ ކޯލިޝަނުގައި ހިމެނޭ ގައުމެކެވެ.

މި ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު ޔަގީނެއް ނުވެ އެވެ. ބައެއް މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި މަރުވެފައިވަނީ 34 މީހުންނެެވެ.

މި ހަމަލާތަކާ ގުޅިގެން ބެލްޖިއަމް އެންމެ މަތީ ޓެރަރިޒަމް އެލާޓް ނެރެފައިވާއިރު އެއާޕޯޓާއި މެޓްރޯ ސްޓޭޝަން ވަނީ ބަންދުކޮށްފަ އެވެ.