ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޤުރުއާން މަރުކަޒުގެ ފުރަތަމަ ގޮފި މާއުނގޫދޫގައި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: އަވަސް
0%
0%
0%

އަލަށް އިމާރާތް ކުރަން ފަށާ ޤުރުއާން މަރުކަޒުގެ ގޮފިތަކުގެ ތެރެއިން ފުރަތަމަ މަޝްރޫއު ށ. މާއުނގޫދޫގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އަލަށް އިމާރާތް ކުރަން ފަށާ ޤުރުއާން މަރުކަޒުގެ ގޮފިތަކުގެ ޑިޒައިން ހުންނާނެ ގޮތުގެ ކުރެހުމެއް ނޫސްވެރިންނަށް ދައްކާލަފަ އެވެ.

އޭގެފަހުގައި މިނިސްޓަރު ޝަހީމު ވިދާޅުވީ މިއަހަރު ސަރުކާރު ހަރަދުގައި އޭގެ ފުރަތަމަ މަޝްރޫއު މާއުނގޫދުގައި ރޯދަ މަހުގެ ފަހުން ފަށާނެ ކަމަށެވެ.

މާއުނގޫދޫ މަރުކަޒަށް ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެ މަރުކަޒު ނިމޭއިރު އެ ތަނުގައި ތިން ކްލާސްރޫމާއި ލައިބްރަރީއަކާއި ހޯލެއް ހުންނާނެ އެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ 2،000 މީހުން ބައިވެރިވެގެން މިފަދަ މަރުކަޒެއް އަޅާ ނަމަ މީހަކު ހަރަދުކުރަންޖެހޭނީ ގާތްގަނޑަކަށް ޖެހޭނީ 2،150 ރުފިޔާ ކަމަށެވެ.

"މިފަދަ ކަންކަން ވެސް ރާއްޖެގައި ކުރެވެން އެބަހުރި. މިހާތަނަށް 4 ރަށެއްގައި ގޮފި އަޅަން އެދިފައިވޭ،" ޝަހީމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910