އަލިފާން

މެޓްރިކްސް މޯޑްގެ ގެ އަނދާ ހުލިވެއްޖެ

މެޓްރިކްސް މޯޑްގެ ގޭގައި އަލިފާން ރޯވެ އަނދަމުންދާއިރު ބަޔަކު އެ މަންޒަރު ބަލަނީ
0%
0%
0%

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގެ އަނދާ ހުލިވެއްޖެ އެވެ.

ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި އަލިފާން ރޯވީ ރޭ ފަތިހު 5:00 ހާއިރު އެވެ.

މިހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯޑް ވިދާޅުވީ ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތް ނުވާ ކަމަށާއި ގޭގައި ދިރިނޫޅެވޭ ވަރަށް ގެ އަނދާފައިވާ ކަމަށެވެ.

"ގޭގައި އެވަގުތު ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ،" މޯޑް ވިދާޅުވި އެވެ.

ސިފައިން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 05:11 ހާއިރު ކަމަށާއި އަލިފާން ނިއްވާލެވުނީ ހެނދުނު 8:05 ހާއިރު ކަމަށެވެ.

މުހައްމަދު ރަޝީދަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- އެމްޑީޕީ އައްޑޫގެ ނައިބް ރައީސް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910