ކާށިދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ކާށިދޫ ފުރަތަމަ ފަހަރަށް ފައިނަލަށް

ކާށިދޫ ޓީމަށް ފައިނަލުގެ ޖާގަ ހޯދައިދޭން މުހިންމު ދެ ގޯލު ޖެހި ޒުވާން ކުޅުންތެރިޔާ ރަޔާން. -- ފޮޓޯ: އަދަދު ސްޕޯޓްސް
0%
0%
0%

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ދެވަނަ ޖާގަ ކ. ކާށިދޫ އިން ހޯދައިފި އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ގދ. ވާދޫއާ ކުރިމަތިލައި، ކާށިދޫ އިން ވަނީ 4-2 އިން މެޗު ކާމިޔާބުކޮށްފަ އެވެ. މިއީ ކާށިދޫ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި ވާދޫގެ ނަޝާހް އަހްމަދު (ނައްޓު) ގޯލެއް ޖަހައި ލީޑު ނެގި އެވެ. ނަމަވެސް 13 ވަނަ މިނެޓުގައި ވާދޫގެ ކެޕްޓަން އަޔާޒް އަހްމަދު (އަޔާ) އަމިއްލަ ގޯލަކުން ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެފަހުން މެޗުގެ 34 ވަނަ މިނެޓުގައި ކާށިދޫގެ އަޖުލާން އަބްދުލް ހަންނާން ވެސް ގޯލެއް ޖެހި އެވެ. އޭގެ މިނެޓެއްގެ ތެރޭގައި ވާދޫގެ ނައްޓު އަނެއްކާވެސް ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ.

މެޗުގެ ފަހު ކުޅުމުގައި ކާށިދޫގެ އިސްމާއިލް ރަޔާން ދެ ގޯލު ޖަހައި ކާށިދޫ ކޮޅަށް ނަތީޖާ އަނބުރާލި އެވެ.

ކާށިދޫގެ ފަސް ފައުލު ހަމަވެގެން ވާދޫއަށް ލިބުނު ދުރު ޕެނަލްޓީ ކާށިދޫގެ މުހައްމަދު ސަލީލް ވަނީ ދިފާއު ކޮށްފަ އެވެ. މެޗުގެ ފަހު މިނެޓުގައި ވާދޫގެ ނައްޓުއަށް ރަތް ކާޑު ދައްކައި މެޗުން ބޭރުވެސް ކުރި އެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ކާށިދޫއާ ވާދަކުރާނީ ހދ. ނައިވާދޫ އެވެ. ނައިވާދޫއަށް ވެސް މިއީ ފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910