ހދ. ނައިވައިދޫ

ގަން ކަޓުވާލުމަށްފަހު ނައިވާދޫ ފައިނަލަށް

ރޭ ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު ނައިވާދޫ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
0%
0%
0%

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހދ. ނައިވާދޫއިން ކަށަވަރުކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ނައިވާދޫން މި މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރީ ލ. ގަން 3-1 އިން ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ 10 ވަނަ މިނެޓުގައި ނައިވާދޫގެ މުހައްމަދު ޝާއިނެވެ. އޭނާ ފްރީކިކަކުން ޖަހައިދިން މި ގޯލުން ނައިވާދޫއަށް ލީޑު ލިބުނެވެ. އެހެންނަމަވެސް، 16 ވަނަ މިނެޓުގައި ގަމުގެ ކެޕްޓަން އަހްމަދު ހަލީމް (އައްމަޑޭ) ޖެހި ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަވި އެވެ.

ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ނައިވާދޫގެ އަހްމަދު ހަމީދު (އައްމަޑޭ) ޖެހި ގޯލުން ނައިވާދޫ ދެވަނަ ފަހަރަށް ކުރިއަށް ދާން އިތުރު ފުރުސަތު ލިބުނެވެ. މީގެ އިތުރުން މެޗުގެ ފަހު މިނެޓުގައި މުހައްމަދު ޝާއިން މުބާރާތުގައި އޭނާގެ ދެވަނަ ގޯލު ޖަހައި 3-1 އިން މެޗު ކާމިޔާބުވެސް ކޮށްދިނެވެ.

މިއަދުގެ މެޗުގައި ނައިވާދޫ ދިފާއުގައި ވަރަށް ރަނގަޅަށް ކުޅުނުއިރު، ގަމުގެ ގޯލްކީޕަރު އަބްދުﷲ ޖުނައިދު (ޖެންނޭ) ގިނަ ހަމަލާތަކެއް ބަންދުކޮށް މޮޅަށް ކުޅުނެވެ.

ހދ. އަތޮޅުގެ ކާމިޔާބު ޓީމު ނައިވާދޫއަށް މިއަހަރު ވަނީ ދެ ޓްރޮފީއެއް ކަށަވަރުވެފަ އެވެ. އެއީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން 1ގެ ޗެމްޕިއަން ކަމެވެ.

މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓަ ފައިނަލަށް ވުރެ ކުރިއަށް ދިއުމުގެ ފުރުސަތު ނައިވާދޫއަށް ލިބިފައެއް ނުވެ އެވެ.

ނައިވާދޫ އިން ފައިނަލަށް ދަތުރުކޮށްފައި މިވަނީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އަނިޔާވެގެން ނުކުޅެ ދުރުގައި ހުއްޓަ އެވެ.

މިދިޔަ އަހަރު ފައިނަލުގައި ބަލިވި ގަމަށް މިއަހަރު ސެމީ ފައިނަލްގައި ނައިވާދޫން ދީފައިވަނީ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. ގަމުން މި މުބާރާތް ފެށީ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްގެން ކަމުގައިވީ ނަމަވެސް ޓީމުން ވަނީ ލ. އަތޮޅު ފައިނަލާއި ޒޯން 6ގެ ފައިނަލުން ބަލިވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭގަ އެވެ. އެމެޗުގައި ނައިވާދޫއިން ވާދަކުރާނީ ކ. ކާށިދޫއާ ދެކޮޅަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910