ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް އުވާލަން އެމެރިކާއިން ވިސްނަން ފަށައިފި އެވެ. މިއީ ރަޝިއާ އާއި އެމެރިކާއާ ދެމެދު ހީނަރުވެފައި އޮތް ގުޅުން ހަރުދަނާކުރުމަށް ފަށައިގަންނަ މަސައްކަތެކެވެ.ރާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއަށް ލުއިދެވެން ހުރި ހުރިހާ ދިމާއެއް އަންދާޒާކުރުމަށް، ސްޓޭޓް ޑިޕާޓްމަންޓަށާއި މާލީ ވުޒާރާއަށް، ވައިޓް ހައުސްއިން ވަނީ އަންގާފަ އެވެ.
މިހާރުން މިހާރަށް އުވާލެވެން ހުރި ދަތިތައް ވަކިކޮށް އަދި އިތުރު މަޝްވަރާ ބޭނުންވާ ރޮނގުތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމަށް ޑިޕާޓްމަންޓްތަކަށް އަމުރުކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ޔުކްރޭން ހަނގުރާމާ ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުން ދާއިރު، ރަޝިއާއަށް ދަތިކުރުންތައް ލުއިވާން ޖެހޭނެ ކަމަށް ޓްރަމްޕް އަންގަވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ސަމާލުކަން ބޭނުންވާ ކަމެއްގައި، އިތުރު ލަފާހޯދުމަށް ވެސް މިކަމާ ގުޅުން ހުރި މަސްއޫލްވެރިންނަށް ވަނީ އަންގާފަ އެވެ.
ރަޝިއާއަށް ލުއިދޭއިރު، ރަޝިއާގެ ވެރިޔަފާރިވެރިންނާއި ކުންފުނިތައް އަދި ބޭރުގައި ހުރި އިންވެސްޓްމަންޓްތައް ހިމެނެ އެވެ. ލުއިދިނުމުގެ ކުރިން އެމެރިކާއިން އެކުލަވާލާ ލިސްޓް ރަޝިއާގެ އޮފިޝަލުންނަށް ދައްކާނެ ކަމަށް ރޮއިޓާސްއަށް ލިބިފައި ހުރި މައުލޫމާތުން އެނގެ އެވެ.
ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުންތައް އެމެރިކާއިން އުވާލަން ވިސްނާއިރު، އޭގެ ބަދަލުގައި ރަޝިއާގެ ކިބައިން އެމެރިކާ އެދޭ އެއްވެސް ކަމެއް އަދި ލިސްޓެއް ނުކުރެ އެވެ.
އެމެރިކާ އާއި ރަޝިއާއާ ދެމެދު މަޝްވަރާތައް ހިނގަމުން ދާއިރު، މަޝްވަރާތައް ކުރެވެނީ ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ކަމަށް ބުނެ އެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ކަނަޑައަޅާ ޝަރުތުތައް އަދި އޮތީ ސިއްރެއް ގޮތުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަޝްވަރާތަކުގައި ބައިވެރިވަނީ، އެމެރިކާގައި ހުންނަ ރަޝިއާގެ އެމްބަސީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އަދި އެމެރިކާގެ މާލީ އިދާ