ޗެމްޕިއަންސް ލީގް

އެޓްލެޓިކޯ ބަލިކޮށް ރެއާލް ފުރަތަމަ ލެގް ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑް އަދި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން
0%
0%
0%

ޔުއެފާ ޗެމްޕިއަންސް ލީގުގައި ނޮކްއައުޓް ބުރުގައި ރޭ ރެއާލް މެޑްރިޑާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލް ކާމިޔާބުކޮށްފި އެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބިއު ދަނޑުގައި ކުޅުނު މި މެޗު ރެއާލް ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިއީ ޗެމްޕިއަންސް ލީގު ހިމެނޭ ގޮތަށް ޔޫރަޕް މުބާރާތްތަކުގައި ރެއާލް ކުޅުނު މެޗުތަކުގެ ތެރެއިން މި ސީޒަންގައި ހޯދި 300 ވަނަ މޮޅެވެ.

ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ރޮޑްރިގޯ ވަނީ ލަނޑެއް ޖަހައި ރެއާލް މެޑްރިޑަށް ލީޑު ހޯދައިދީފަ އެވެ. ރެއާލް އިން ލީޑް ނަގާފައިވަނިކޮށް މެޗުގެ 31 ވަނަ މިނެޓްގައި މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް ދުރުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށް މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްފަ އެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރާހިމް ޑިއާޒް އެވެ

ފުރަތަމަ ލެގުން ބަލިވި ނަމަވެސް ދެވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅެ ނަތީޖާ އަނބުރާލުމުގެ ފުރުސަތު އެޓްލެޓިކޯއަށް އަދި އެބައޮތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345