މަސްތުވާތަކެތި

\

Mar 6, 2025

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ހައްޔަރު ކުރި މިފަދަ ދެވަނަ މީހާ އެވެ. މި ފަހަރު ހައްޔަރު ކުރީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ފިރިހެން މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

މި މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އެހެން މީހެއްގެ ނަމުގައި ރާއްޖެއަށް ގެނެސްފައިވާ ކަރުދާސް ފޮށިގަނޑެއް ބަލައި ގޮސް ހުއްޓަ އެވެ. މި ފޮށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ކިލޯއަކަށްވުރެ އިތުރުކަން ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މި ހަފްތާ ތެރޭ އުމުރުން 61 އަހަރުގެ މީހަކުވެސް ހައްޔަރުކޮށްފައިވެ އެވެ.