ދުނިޔެ

އިޒުރޭލު ސިފައިން ނާބުލުސްގެ މިސްކިތްތަކަށް ވަދެގަނެ، ނަސްރު މިސްކިތުގައި ހުޅުޖަހައިފި

0%
0%
100%

އިޒުރޭލު ސިފައިން އިންޒާރަކާ ނުލައި ނާބުލުސްގެ މިސްކިތްތަކަށް ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ފަލަސްތީންގެ މިނިސްޓްރީ އޮފް ރެލިޖަސް އެފެއާޒުން ބުނި ގޮތުން، ޔަހޫދީން ވަނީ ނާބުލުސްގެ ނަސްރު މިސްކިތަށް ވަދެގަނެ މުގައްދަސް ލިޔުންތަކެއްގައި ހުޅުޖަހައި، މިހުރާބު ސަރަހައްދު މުޅިން އަންދާލާފަ އެވެ.

ނަސްރު މިސްކިތުގައި ހުޅުޖެހުމުގެ ސަބަބުން ބައެއް ތަކެތި ވަރަށް ބޮޑަށް އަނދައި ތަޅުމުގައި އޮތް ކާބެޓު ވެސް ވަނީ ކޮން އެއްޗެއްކަން ނޭނގޭ ވަރަށް އަނދައި ދެއްޔަށް ވެފަ އެވެ.

ނަސްރު މިސްކިތް ހުރި ތަނުގައި ރޯމަނުންގެ ޒަމާނުގައި އެންމެ ފުރަތަމަ ބިނާކުރީ ފައްޅިއެކެވެ. ނަމަވެސް، 1187 ގައި އެ އިމާރާތް މިސްކިތަކަށް ބަދަލުކުރީ އެވެ.

ހުޅަނގު އައްސޭރިގެ އިތުރު މިސްކިތްތަކަކަށް ވެސް ޔަހޫދީން ވަދެގަތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މިސްކިތްތަކަށް ވަދެގަނެ ހުރުމަތް ކަނޑައި ބަދުއަޚުލާގީ މަންޒަރުތައް ކުޅެ ފޮޓޯނަގާފައިވާ ކަމަށް ވެސް ފަލަސްތީންގެ ވަފާ ރޭޑިއޯއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ވަފާ ރޭޑިއޯން ބުނި ގޮތުން ނަސްރު މިސްކިތުގައި ހުޅުޖެހުމަށް ފަހު، އަލިފާން ނިއްވަން ދިޔަ މީހުންނަށް ވެސް ޔަހޫދީން ވަނީ ހުރަސްއަޅާފަ އެވެ. މިސްކިތަށް ގެއްލުންތަކެއް ލިބެންދެން އަނދަން ދޫކޮށްލީ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

މުސްލިމުން ފާހަގަކުރާ މުގައްދަސް ދުސްތަކާއި އީދުތަކުގައި، ފަލަސްތީންގެ އާންމު ރައްޔިތުންނަށް ޖެއްސުންކުރުމާއި ފުރައްސާރަކުރުމަކީ އިޒުރޭލުގެ ޔަހޫދީންގެ އާދައެކެވެ. މި ގޮތަށް ގެއްލުންދިނުމުގައި އިޒުރޭލު ސަރުކާރުގެ ބޮޑުންވެސް ބައިވެރިވެ އެވެ.

ރަމަޟާން މަހަކީ ޔަހޫދީންގެ ޖެއްސުންކުރުން ފަލަސްތީންގެ އާންމުނަށް އިތުރުވެގެންދާ މައްސަރެކެވެ. މަސްޖިދުލް އަގްސާއަށް ޔަހޫދީންގެ ބައިގަނޑުތައް ވަދެގަނެ އަޅުކަންކުރަން ތިބޭ މުސްލިމުން ބޭރުކޮށް ގަޔަށް ކުޅުޖަހައި އަނިޔާކުރުމަކީ ޔަހޫދީންނަށް ލިބޭ ބޮޑު އުފަލަކަށް އޮންނަނީ ވެފަ އެވެ.

މުސްލިމުންނަށް ބޮޑެތި އަނިޔާކުރާއިރު އިޒުރޭލު ސިފައިން ތިބޭނީ ޔަހޫދީންނަށް ރައްކާތެރިކަން ދީގެ އެ މީހުންގެ ހިމާޔަތުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910