ދުނިޔެ

އީރާންގެ އަލީ ޚާމިނީއަށް މަޝްވަރާއަށް ސިޓީއެއް ފޮނުވައިފިން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- އީރާނާ މަޝްވަރާކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައި
0%
0%
0%

އިރާންގެ ލީޑަރު އަލީ ޚާމިނީއަށް މަޝްވަރާއަށް ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަށް އީރާން ސަރުކާރާ އެކު މަޝްވަރާކުރައްވާނެ އެވެ. ޚާމިނީއަށް ފޮނުއްވި ސިޓީގައި މައިގަނޑު ގޮތެއްގައި އޮންނާނީ އެ ވާހަކަތައް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އީރާނާ މަޝްވަރާކުރެއްވުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވި ދުވަސްވަރު ޓްރަމްޕް ވަނީ އީރާންއާ މަޝްވަރާކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމަކީ އެމެރިކާއަށް އޮތް ވަރަށް ބޮޑު ބިރެކެވެ. ނިއުކްލިއާ ބޮމެއް އުފެއްދޭ ފެންވަރަށް ނިއުކްލިއާ މާއްދާތައް މުއްސަނދިކުރަން އީރާނުން މަަސައްްކަތްކުރާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، އީރާނުން ބުނަނީ އެ މީހުންގެ ނިއުކްލިއާ ޕްރޮގްރާމް އަކީ މަދަނީ ބޭނުންތަކަށް -- ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އީރާންގެ މި ބުނުން ޓްރަމްޕް ގަބޫލެއް ނުކުރައްވަ އެވެ. އެމެރިކާގެ ވިސްނުމުގައި މިހާރު އޮތީ އީރާންއާ އެކު އެއްބަސްވުމެއް ގާއިމުކުރުމެވެ.

އީރާންއާ އެކު އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބަމާ 2015 ގައި ހައްދަވާފައި އޮތް ނިއުކްލިއާ އެއްބަސްވުން އުވާލެއްވީ ޑޮނަލްޓް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2018 ގަ އެވެ.

އީރާނުން ދެކޭ ގޮތުގައި އެމެރިކާއާ އެކު މަޝްވަރާކުރުމުގެ އެއްވެސް ބޭނުމެއް ނެެތެވެ. އެމެރިކާ އަކީ ބުނާ ބަހަށް އިތުބާރުކުރާ ގައުމެއް ނޫން ކަމަށް އީރާން ގަބޫލުކުރެ އެވެ.

މިހެން ކަން އޮތް ނަމަވެސް، ޓްރަމްޕްގެ ސިޓީއަށް އީރާނުން އަދި ޖަވާބެއް ނުދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910