މި ރަމަޟާން މަހު އުރީދޫ މޯލްޑިވްސްގެ އިސްތިހާރުތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަ އަންހެން ކުއްޖެއްގެ ޕޮއިންޓް އޮފް ވިއުއިން ރަމަޟާން މަހުގެ އެކި ކަންތައްތައް ދަނީ ފެންނަމުންނެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ހާއްސަ ކެމްޕެއިން " ރޯދައިގޭ ނޫރު" އެވެ.
"ރޯދައިގެ ނޫރު" މި ކެމްޕޭނުން ދައްކުވައިދެނީ "ނޫރު" ނަމަކަށްކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަމަހުގެ ފުރަތަމަ ފުރިހަމަ މަސް ތަޖުރިބާކުރާ ދަތުރެވެ.
ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި ރަމަޟާން މަހުގެ ރިވެތި އަހްލާގުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެގެން ދެއެވެ.
މިފޮތުގެ ސަފްހާތަކުން ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން ނޫރު ދަސްކުރަމުންދާތަން ފެނިގެންދެއެވެ.
އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި މި ހިތްގައިމު ކެމްޕޭން މެދުވެރިކޮށް އުރީދޫ އިން މަސައްކަތް ކުރަނީ ރަމަޟާން މަހު ޖީލުތަކުގެ މެދުގައި ހިއްސާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށެވެ.
މި ކެމްޕެއިންގެ ސަބަބުން ރޯދަމަސް ހުރިހާ އުމުރުފުރައަކަށްވެސް ގުޅޭ އަދި އުފާވެރި މަޖާ ގޮތަކަށް ހަނދާންވެގެން ދާނެކަމަށް އުއްމީދުކުރާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ރަމަޟާން މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެއްކަން ފާހަގަކޮށް އުރީދޫ އިން ބުނީ "ރޯދައިގޭ ނޫރު" އާއެކު މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކުރުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަ ފުން މެސެޖުތަކެއް އެކުލެވޭ ކެމްޕެއިނުތަކެއް ގެނެސްދިނުމަށެވެ. އެ ގޮތުން މި ރަމަޟާން މަހު އެ ކުންފުނިން ދައުވަތު ދެނީ "ނޫރު"އާއި އެކު ރަމަޟާން މަސް ތަޖުރިބާ ކުރުމަށެވެ.