ކެނެޑާ

ކެނެޑާގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު މާކް ކާނީ ބޮޑުވަޒީރު ކަމަށް

ކެނެޑާގެ އާ ބޮޑުވަޒީރު
0%
0%
0%

ކެނެޑާގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު މާކް ކާނީ ލިބަރަލް ޕާޓީގެ ލީޑަރު ކަމަށް ހޮވައި، އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ހުވާކުރައްވަން ތައްޔާރުވެއްޖެ އެވެ.

ރަސްމީ ނަތީޖާއިން ދައްކާގޮތުން ކާނީ ވަނީ ވޯޓުގެ 86 ޕަސެންޓް ހޯއްދަވާފަ އެވެ.

ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ނުވަ އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ހުރުމަށްފަހު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ހުށަހަޅުއްވާފަ އެވެ. ޓްރޫޑޯގެ އިސްތިއުފާއާއެކު ލިބަރަލް ޕާޓީން ވަނީ އާ ލީޑަރަކު ހޮވުމަށް އިންތިހާބު ބާއްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ކުރިން ސިޔާސީ މަގާމެއް ފުރުއްވާފައި ނުވާ ބޭފުޅަކު ކެނެޑާގެ ބޮޑުވަޒީރު ކަމަށް އަންނަ މިއީ ފުރަތަމަ ފަހަރެވެ.

ކާނީ ވަނީ ކެނެޑާގެ އިތުރުން އިންގްލޭންޑްގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރުކަންވެސް ކުރައްވާފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުގެ ތެރޭގައި ކެނެޑާއަށް ބޮޑެތި ޓެރިފްތަކެއް ތައާރަފްކުރުމާއި ގުޅިގެން ކެނެޑާގެ މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. މިކަމަށް ޖަވާބު ދިނުމުގެ ގޮތުން ޓްރޫޑޯ ވަނީ އެމެރިކާގެ އުފެއްދުންތަކަށް 30 ބިލިއަން ކެނޭޑިއަން ޑޮލަރުގެ ޓެރިފްތަކެއް ކަނޑައަޅާފަ އެވެ.

އާ ލީޑަރު މާކް ކާނީވެސް ވިދާޅުވީ އެމެރިކާއިން ކެނަޑާއަށް އިހްތިރާމް ކުރަންދެން އޭނާގެ ސަރުކާރުގައިވެސް ޓެރިފްތައް ހިފަހައްޓަވާނެ ކަމަށެވެ. އެހެންކަމުން ކެނެޑާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910