ދުނިޔެ

އެމެރިކާޢިން ޔަމަނަށް ހަމަލާދިނުން ހުއްޓާލައި މަޝްވަރާއަށް ރަޝިޔާ ގޮވާލައިފި

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކުން ހަނގުރާމަމަތީ ޖެޓުތައް ޔަމަނަށް ހަމާދޭން ނައްޓާލަނީ
0%
0%
0%

އެމެރިކާޢިން ޔަމަނަށް ހަމަލާދިނުން ހުއްޓާލައި މަޝްވަރާތަކުގައި ބައިވެރިވުމަށް ރަޝިޔާއިން އެމެރިކާއަށް ގޮވާލައިފި އެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަލްރޯފް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ފޯނުން ގުޅުއްވައި، އެމެރިކާއިން ޔަމަނަށް ދޭން ފަށާފައިވާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައި މަޝްވަރާކުރެއްވުމަށް ވަނީ ދަންނަވާފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން، އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންގެ އަމާޒުތަކަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި ޔަމަނުން 13 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އަމުރަކަށް ހަމަލާތައް އަލުން ފަށައިގަތީ، ރަތް ކަނޑުން ދަތުރުކުރާ ކޮންޓޭނަަރު ބޯޓުތަކަށް ހޫސީން ހަމާދޭ ކަމަށް ބުނެ އެވެ. އަދި ހޫސީންގެ އަމަލުތައް ނުހުއްޓައިފި ނަމަ، އިތުރު ހަމަލާތަކަށް އިންތިޒާރުކުރުމަށް ވެސް ވޮޝިންގްޓަނުން ވަނީ ބުނެފަ އެވެ.

ރަޝިއާގެ މި ބަޔާނާ އެކުވެސް އެމެރިކާގެ ހަމަލާތައް ހުއްޓާލާނެ ކަމަކަށް ފުބެލެވެ އެވެ. އެމެރިކާގެ ވިސްނުމަކީ ހޫސީންގެ އަމާޒުތައް އެއްގޮތަކަށް ވެސް ބޭނުންނުކުރެވޭ ވަރު ކުރުމެވެ.

ހޫސީ ހަނގުރާމަވެރިންނަކީ އީރާނަށް ހަނގުރާމަކޮށްދޭ ޖަމާއަތެކެވެ. ޔަމަނުގައި ހަރަކާތްތެރިވި ނަމަވެސް، ހޫސީންގެ މައިގަނޑު އަމާޒަކަށް ވެފައި އޮންނަނީ އީރާނުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކުރުމެވެ.

އެމެރިކާ އިސްވެ ހޫސީންނަށް ހަމަލާދިނުމުގައި އިޒުރޭލުގެ މަސްލަހަތު ހިމާޔަތްކުރުން ވެސް ހިމެނެ އެވެ. އީރާންގެ އަމުރަށް ހޫސީންގެ ރޮކެޓްތަކުން ތެލްއަވީވަށް ހަމަލަދިނުމަކީ ވެސް އެމެރިކާއަށް އޮތް ކަންބޮޑުވުމެވެ.

އެމެރިކާއިން ހޫސީންނަށް ހަމަލާދޭން ފެށުމާ އެކު، ހޫސީން ވެސް ވަނީ އިޒުރޭލަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ. ނަމަވެސް، ހޫސީން ފޮނުވި ގިނަ ރޮކެޓްތައް ވަނީ މިސްރަށް ވެއްޓިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910