ޕޮލިސް ބޯޑް

ޕޮލިސް ބޯޑަށް ސާދިގު އާއި މިޒްމާދު

0%
0%
0%

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލި ބޭފުޅުންގެ ތެރެއިން މުހައްމަދު ސާދިގް އާއި އަހުމަދު މިޒްމާދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕޮލިސް ބޯޑަށް އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ.

އެ އިއުލާނާ ގުޅިގެން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލެއްވި ބޭފުޅުން

  • މުހައްމަދު ސާދިގް، ދަފްތަރު ނަންބަރު ރސ 6613
  • އަހުމަދު މިޒްމާދު، މއ. ލޫޕިން
  • އަހުމަދު މުއާވިޔަތު ގާސިމް، ފަހެލާ / ގއ. ކޮނޑޭ
  • ނިސްބާހު ހަސަން، ދޭލިޔާގެ، ގދ. މަޑަވެލި

ޕޮލިސް ބޯޑަށް މުހައްމަދު ސާދިގު އާއި އަހުމަދު މިޒްމާދު އައްޔަން ކުރަން ފާސްވީ ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910